ENGLISH

03 ޖޫން 2026

Advertisement

ޖޭއެސްސީގެ ނާއިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު

03 ޖޫން 2026

|

އަޙުމަދު ޙަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނާއިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސަައިން ޝަހީދު އައްޔަނު ކުރައްވައިފި އެވެ.

އެކަން އެ ކޮމިޝަނުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އަދި ފަނޑިޔާރު ޝަހީދަށް މަރުހަބާ ކިޔާފައިވެ އެވެ.

ޖޭއެސްސީގެ ނާއިބު ރައީސް ކަމުގައި ކުރީން ހުންނެވީ ޔަޒްމީދު މުޙައްމަދު އެވެ. އޭނާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޮމިޝަންގެ މެންބަރު ކަމުންނާއި ނާއިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނުކުރެއްވީ އޭޕްރީލް 7, 2025 ގަ އެވެ.

ޙުސައިން ޝަހީދަކީ، ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝަހީދު ވަނީ، މާސްޓަރ އޮފްއިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލްއެލްބީ ޙާޞިލުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު