ENGLISH

03 ޖޫން 2026

Advertisement

ނަޝީދު އުފެއްދި ދަ ޑިމޮކްރެޓްސް، މެންބަރުން ހަމަނުވެގެން އުވާލައިފި

03 ޖޫން 2026

|

އަޙުމަދު ޙަމީދު

ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި --

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެސް އުވާލައިފި އެވެ. އެ ޕާޓީ އުވާލީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ މެންބަރުންގެ އަދަދު ހަމަނުވެގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން ދަ ޑިމޮކްރެސް އުވާލާފައިވާ ކަމަށެވެ.

އަދި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ނަޝީދު، ދަ ޑިމޮކްރެެޓްސް އުފެއްދެވީ އެމްޑީޕީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެ ޕާޓީއަށް މެންބަރުން އިތުރުނުކުރެވި އަދި ސިޔާސީ ގޮތުން ކުރިއެރުމެއް ނުލިބުމުން އެންމެ ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ.

މިހާރު ގެންދަވަނީ އެމްޑީޕީގައި ކުރީން އޮތް ބާރު ހޯއްދެވުމަށް ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު