ENGLISH

03 ޖޫން 2026

Advertisement

މެންބަރުން ހަމަނުވެގެން އެމްއެލްއެސްޑީޕީ ވެސް އުވާލައިފި

03 ޖޫން 2026

|

އަޙުމަދު ޙަމީދު

އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ ދިނުން --

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.

އެ ޕާޓީ އުވާލާކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ. އެ ކޮމިޝަނުންް ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެމްއެލްއެސްޑީޕީ އުވާލާފައިވާ ކަމަށެވެ.

އަދި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިއީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އާއި މަޖިލީހުގެ މިހާރުގެ މެންބަރު މައުރޫފް ޒާކިރު އިސްވެ އުފައްދާފައިވ ޕާޓީ އެކެވެ. މައުރޫފް ފަހުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ. އޭނާ ކެންދޫ ދާއިރާގެ މަޖިލީސް މެންބަރަކަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގަ އެވެ.

އެ ޕާޓީން މިހާތަނަށް ސިޔާސީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެ ޕާޓީގެ އިފްތިތާހީ ޖަލްސާ ބާއްވާފައިވަނީ ޖޫން، 12 2019 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު