ENGLISH

04 ޖޫން 2026

Advertisement

މަޝްވަރާތައް ބޮލާލައި ޖެހުމަށްފަހު އަލުން ހަނގުރާމަ ފަށައިފި

03 ޖޫން 2026

|

އައިމިނަތު ޝަފާ

ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަމަލާތައް އަމާޒުވެފައި.

އީރާނާއި އެމެރިކާއިން ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމަށް ފަހު އަނެއްކާވެސް މެދުއިރުމަތީގެ ހާލަތު ގޯސްވެއްޖެއެވެ.

ހަމަލާތައް އަލުން ފެށުނީ ހުރުމުޒް ކަނޑުއޮޅި ކައިރީގައި އޮތް އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ ފައުޖުތަކުން ހަމަލާދީ، އެ އުޅަނދުގެ އިންޖީނު ރޫމަށް ގެއްލުން ދިނުމާ ހިސާބުންނެވެ.

އެމެރިކާއިން ވަނީ އީރާންގެ ރަށެއްގައި ކަމަށްވާ ގިޝްމްގައި ގާއިމުކޮށްފައިވާ ކޮމާންޑް ސެންޓަރަކަށް ވެސް ހަމަލާ ދީފައެވެ.  

އިރާނުގެ ރައްދު ހަމަލާތައް ހަލީޖުގެ ގައުމުތަކަށް އަމާޒުވަމުން އަންނައިރު ކުވެއިތާއި ބަހްރޭނަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި، އަދި އީރާނުގެ ގިޝްމް އަށް ހަމަލާތަކެއް ދީފައިވާކަމަށް އެމެރިކާއިން ބުންޏެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނީ ހަމަލާތަކުގެ ރައްދު ވަރުގަދަވާނެކަމަށެވެ.

ހަމަލާތަކުަގއި ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަމަލާތައް އަމާޒުވެ އެއާޕޯޓު ބަންދުކުރަންޖެހިފައިވާއިރު މީގެ ކުރީގެ ހަނގުރާމައިގެ ތެރޭގައި އެތައް ފަހަރަކު އެއާޕޯޓަށް ހަމަލާތައްދީފައިވެއެވެ. އެހަމަލާތަކުން ލިބުނު ގެއްލުންތަކުން އަރައިގަނެ އެއާޕޯޓުގެ ހިދުމަތްތައް އަލުން ފެށީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު