ENGLISH
03 ޖޫން 2026
އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުުރުކޮށްފި
03 ޖޫން 2026
|
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ
އެންމެ މަޤްބޫލު
ރާއްޖޭގެ ފައިނޭންޝަލް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެމްއޭއިން ކުރި ޕޯސްޓެއްގައި ވަނީ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ދުވަހުގެ ނިޔަލެވެ.
އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި މަހުގެ ދެ ވަނަ ދުވަހުން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ އެކްސްޕޯތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވާކަމަށް އެމްއެމްއޭ އިން ބުނެއެވެ.