ENGLISH

03 ޖޫން 2026

Advertisement

ކުޑަހުވަދޫ ޕޮލިހުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

03 ޖޫން 2026

|

ފާތުމަތު އަދާ

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ހުރި ބަނގުރާ/ފޮޓޯ:ޕޮލިސް

އެކި މައްސަލަތަކުގައި ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި، ޖޫން 2 ވަނަ ދުވަހު ނައްތާލާފައިވަނީ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރެވެ.

މިއީ 2023 އިން މި އަހަރުގެ މިހާތަނަށް ދާލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ހިދުމަތުން ބުނީ މި ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ގުޅުންހުރި ތަކެތި ނައްތައިލުމުގެ ގަވާއިދުގެ ދަށުން އުފައްދާފައިވާ ކޮމިޓީއަކުން ކަމަށެވެ.

އަލަށް ގެނައި ބަދަލުތަކާއެކު، ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތީގެ ތެރެއިން ގާނޫނީ ގޮތުން ތަހުގީގަށް ބަހައްޓަންޖެހޭ ބައި ބެހެއްޓުމަށްފަހު، ބާކީ ހުރި ބައި ވީއެންމެ އަވަހަކަށް ނައްތައިލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު