ENGLISH
03 ޖޫން 2026
މިފްކޯއަށް މަސްކިރުވި ދޯނިތަކަށް މިއަދުވެސް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
03 ޖޫން 2026
|
މަސްވެރިން މަސް ބާނަނީ- ފޮޓޯ؛ ޕީއެސްއެމް
އެންމެ މަޤްބޫލު
ނިމިދިޔަ ހޯމަ ދުވަހު ޖުމްލަ 24 ދޯންޏެއް މަސްކިރުވައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 24 އުޅަނދަކަށް 371،933 ރުފިޔާ ވަނީ މިއަދު ދޫކޮށްފައެވެ.
މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 01 ވަނަ ދުވަހު ކިރުވި މަހުގެ އަގުގެ ގޮތުގައި ދޫކުރި ފައިސާއެވެ.
މިފްކޯއިން ބުނީ މި މަހު ފުރަތަމަ ދުވަހު ކަޅުބިލަމަސް ކިރުވި 20 ދޯންޏަކަށް 165،758 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 13 ދޯންޏަކަށް 21،900 ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 19 ދޯންޏަކަށް ވަނީ 184،275 ރުފިޔާ ޖަމާކޮށްދީފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.