ENGLISH
03 ޖޫން 2026
ކޮންގްރެސް ޕާޓީން ދަނީ ޕާޓީގެ މަތީ މަޖިލީހަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން: ޝުޖާޢު
03 ޖޫން 2026
|
ކޮންގްރެސް ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެކްސް
އެންމެ މަޤްބޫލު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ދަނީ ޕާޓީގެ މަތީ މަޖިލީހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވީ 'އެކްސް' ގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ރޭ ކޮންގްރެސް ޕާޓީން ވަނީ މެންބަރުންގެ މަޖިލީހެއް ބާއްވާފައެވެ. އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުމެއް، ހުށަހެޅުއްވި ކަމަށް ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި، މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވެފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ހުށަހެޅުމެއް ކަމެއް ވިދާޅުވެފައެއްނުވެއެވެ.
"މެމްބަރުންގެ މަޖިލީހަށް ރައީސް ޑރ. މުޢިއްޒު މިރޭ ހުށައެޅުމެއް ހުށައެޅުއްވި. މެމްބަރުންގެ މަޖިލީހުގެ އިއްތިފާޤުން އެހުށައެޅުން ފާސްވި. މިޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވާނެ. މުޅި ޕާޓީ މިދަނީ ޕާޓީގެ މަތީ މަޖިލީހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން.އިންޝާالله" ޝުޖާޢުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރޭ ޕާޓީގެ ބައްދަލުވުމެއް ބޭއްވިއިރު، ޕާޓީގެ ކޮންގްރެސް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެ ކޮންގްރެސް ބާއްވާން ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުއެވެ.