ENGLISH

03 ޖޫން 2026

Advertisement

އަގުހުރި އިނާމުތަކާއެކު "އެސްޓީއޯ ވޯލްޑް ކަޕް ފޯރި" ފަށައިފި

03 ޖޫން 2026

|

އާމިނަތު ނުޒްލާ

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ފެށުން-- ފޮޓޯ: އެސްޓީއޯ

މިއަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް "އެސްޓީއޯ ވޯލްޑް ކަޕް ފޯރި" ޕްރޮމޯޝަނެއް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި އެ ކުންފުނިން ވިއްކާ ޓީވީތަކުންނާއި، އަދި ޕްރޮޖެކްޓަރުތަކުން 28 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ. އެގޮތުން ފިލިޕްސް ބްރޭންޑުގެ ޓީވީ، އެލްޖީ ބްރޭންޑުގެ ޓީވީ އަދި އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރު ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ރީޓެއިލް ކަސްޓަމަރުންނަށް 500 ރުފިޔާއިން މަތިން ވިޔަފާރިކޮށްގެން ބައިވެރިވެވޭނެއެވެ. އެގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް މީހަކަށް، ދެ މީހަކުގެ ފަސް ދުވަހުގެ މެލޭޝިއާ ދަތުރެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ހޯލްސޭލް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ހޯލްސޭލް ކަސްޓަމަރުންނަށް 3،000 ރުފިޔާއިން މަތީގެ ކޮންމެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން އެއް ވަނައަށް ހޮވޭ ފަރާތަށް 30،000 ރުފިޔާގެ ޕްރޮޑަކްޓް، ދެ ވަނައަށް 20،000 ރުފިޔާގެ ޕްރޮޑަކްޓް، އަދި ތިން ވަނައަށް 10،000 ރުފިޔާގެ ޕްރޮޑަކްޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު ވޯލްޑް ކަޕާ ގުޅޭ ހަރަކާތްތައް މެދުވެރިކޮށް ތަފާތު އިނާމު ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާކަމަށްވެސް ބުންޏެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ އާއިލާއާ އެކު ހިތްހަމަޖެހިލައިގެން ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  ޖުލައި 12، 2026 ގެ ނިޔަލަށެވެ. އެސްޓީއޯއިން އިތުރަށް ބުނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު