ENGLISH

03 ޖޫން 2026

Advertisement

އައިޔޫއެމް ސަނާބިލް އިމާރާތް ސެޕްޓެންބަރު މަހު ހުޅުވަނީ

03 ޖޫން 2026

|

އައިމިނަތު ޝަފާ

ސްލާމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާކަމަށާއި އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭ އެ އިމާރާތް ހުޅުވުންކަމަށް އިސްލާމީކް ޔުނިވާސިޓީން ބުނެފިއެވެ.

"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ މި އިމާރާތް ބިނާކުރުމުގެ މަޝްރޫއަށް ވަރަށް ބޮޑު އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ލިބިގެންދިޔަކަމަށެވެ. 

ސަރުކާރުން ހާއްސަ އިސްކަމެއްދިން މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކުރައްވައި އަލްއުސްތާޛު އަމީން ވިދާޅުވީ އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތްތައް މިހާރު ނިންމާލާފައިވާކަމަށެވެ.

ކޮންކްރީޓް މަސައްކަތްތައް މިހާރު އެވަނީ 100 އިންސައްތަ ނިންމާލާފައި. މިވަގުތު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތްތައް، އަދި ދެން ހުރި މަސައްކަތްތަކަކީވެސް އޭގެ ޒާތުގައި ކުޑަ މަސައްކަތްތަކެއް ނޫން. ލިފްޓްތައް ހަރުކުރުމާއި ސީލިންގާ އެއާކޮންޑިޝަންގެ މަސައްކަތްތައް އެބަހުރި. އަޅުގަނޑުމެންގެ އަމާޒަކީ ސެޕްޓެމްބަރުމަހުގެ ތެރޭގައި، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރުވީ މުނާސަބާއާ ގުޅުވައިގެން މި އިމާރާތް ހުޅުވުމަށް،". އިސްލާމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ވިދާޅުވިއެވެ.

އުސްތާޛް އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް މަޝްރޫއަކީ އެ ޔުނިވާރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދައި އަމިއްލަ ފަައިމައްޗަށް ތެދުވުމުގެ ގޮތުން ހިންގޭ މަޝްރޫއެއްކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. މި އިމާރާތަކީ 2004 ވަނަ އަހަރު ކުއްލިއަތުލް ދިރާސަތުލް އިސްލާމިއްޔާ ވުޖޫދުވި ފަހުން، އެ ތައުލީމީ އިންސްޓިޓިއުޓްއަށް ނިސްބަތްކޮށް އިމާރާތްކުރާ ފުރަތަމަ ބިނާވެސްމެއެވެ.

މި މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި އަށް ފަންގިފިލާގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރާއިރު މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިން ޖާގަތައް ހިމެނެއެވެ.

އައިޔޫއެމް ސަނާބިލް އިމާރާތުގެ މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއެވެ. 

ކިޔުންތެރިންގެ ހިޔާލު