ENGLISH
03 ޖޫން 2026
ރައީސް ޑރ. މުޢިއްޒުއާ ޖައްސާލަނީ ނުނިމުނު ބްރިޖު ނިންމަދޭތީ: މެންބަރު އިބްރާހީމް
03 ޖޫން 2026
|
ތިލަމާލެ ބްރިޖް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ޖައްސާލައިގެން އެމަނިކުފާނުގެ ވާދަވެރިން އުޅެނީ އެމްޑީޕީ ސަރުކާރަށް ނޭޅުނު ތިލަމާލެ ބްރިޖުގެ މަސައްކަތް ހަލުއި ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމާދޭތީކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އެމްޑީޕީ ސަރުކާރުގެ އެންމެ ބޮޑު އެެއް އުމްރާނީ ތަރައްގީގެ ވައުދެވެ.
ނަމަވެސް މި ސަރުކާރު އައިއިރު ބްރިޖްގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ވެސް އޮތީ ނުނިންމައެވެ.
ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތުން މާލެ ބްރިޖު ޕްރޮޖެކްޓުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާރު ދޭ ޔަގީން ކަމަކީ އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެކަމެވެ.
މިކަމަށް އިޝާރާތްކުރައްވައި މެމްބަރު އިބްރާހީމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒާއި ވަކިބަޔަކު ހަސަވެރިވެގެން ޒާތީގޮތުން ޖައްސާލައިގެން އުޅޭ އަސްލު ސަބަބަކީ އެމްޑީޕީ ސަރުކާރަށް ނުނިމުނު ބްރިޖު ނިންމައިދޭތީ ކަމާމެދު މިހާރު ޝައްކު ނުކުރައްވާކަމަށެވެ.
އަދި ރައީސް ޑރ. މުޢިއްޒާ ޖައްސާލައިގެން އުޅޭ ދެވަނަ ސަބަބެއްކަމަށް ގަބޫލުކުރެއްވެނީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކައިދީ، އިގްތިސާދީ މިނިވަންކަން ދަރިންގެދަރިންނަށް ހޯއްދަވައިދެއްވާތީކަމަށް މެމްބަރު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
އަދި އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާ ހަމައަށް އެއްކޮށް ގުޅާލައި މަސައްކަތް ނިންމާލުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.