ENGLISH

03 ޖޫން 2026

Advertisement

މުރައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ތަނބުތައް ޖެހުމަށް ތައްޔާރުވެއްޖެ

03 ޖޫން 2026

|

އާމިނަތު ނުޒްލާ

މުރައިދޫ މިސްކިތުގެ މަސައްކަތް ކުރަމުން އަންނަނީ-- ފޮޓޯ: އެމްޓީސީސީ

ހއ. މުރައިދޫގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނިގޮތުގައި މިހާރު ތައްޔާރުވަމުން އަންނަނީ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރުމަށެވެ.

މުރައިދޫ މިސްކިތުގެ މަސައްކަތް ކުރަމުން އަންނަނީ-- ފޮޓޯ: އެމްޓީސީސީ

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އިން ބުނީ، މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ވުޟޫ ކުރާނެ ބަޔަކާއި، މުންނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް އެކުލެވޭ ގޮތަށެވެ. މީގެ އިތުރުން މިސްކިތް ބިނާ ކުރެވޭނީ ސޯލަރ ސިސްޓަމް ވެސް ހަރުކުރެވޭ ގޮތަށެވެ.

ދަޢުލަތުގެ ބަޖެޓުން 7.79 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މިސްކިތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓު މަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިސްކިތްތައް ބެލެހެއްޓުމާއި މާރަމާތު ކުރުމާއި މިސްކިތްތައް ބިނާކުރުމަށް ވަރަށް ޚާއްސަ ސަމާލު ކަމެއް ދެއްވަމުން ގެންދަވައެވެ. ޚާއްސަކޮށް ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް ބިނާކުރުމުގެ ބޮޑު މަޝްރޫޢުއެއް އަންނަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު