ENGLISH
02 ޖޫން 2026
މެރިއަޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ
02 ޖޫން 2026
|
މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށްގެންދިޔަ "މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ތިންވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ އެވެ.
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ވަޒީފާދޭ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މަޝްރޫއެކެވެ. މީގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް އަމަލީ ހުނަރާއި، ދާއިރާގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގައި ބަލައިގަންނަ ސަނަދުތައް ހޯދައިދިނުމެވެ. މެރިއަޓްގެ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިތަކަކުން ތަމްރީނު ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މި ޕްރޮގްރާމްގެ މިހާތަނަށް ބޭއްވުނު ތިން ބުރުން ޖުމްލަ 114 ކުދިން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ދަސްވެނިވީ ހުރިހާ ކުދިންނަށް މަރުޙަބާ ވިދާޅުވެ، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ހުނަރު ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ އަމަލީ ތަޖުރިބާ އާއި ދާއިރާއަށް ބޭނުންވާ ގާބިލުކަން ފޯރުކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭ މުހިންމު ވަސީލަތެކެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ތަރައްގީއަށާއި ހުނަރު އިތުރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔައްކަން ކޮމިޝަނާ ފާހަގަކުރެއްވި އެވެ.
މި ޕްރޮގްރާމްގެ ކާމިޔާބީ އެންމެ ބޮޑަށް ހާމަވަނީ ކުރީގެ ބުރުތަކުން ދަސްވެނިވި ކުދިންނަށް ވަޒީފާ ލިބިފައިވާ މިންވަރުން ނެވެ. އެގޮތުން ފުރަތަމަ ދެ ބުރުން ދަސްވެނިވި 74 ކުދިންގެ ތެރެއިން 71 ކުދިންނަށް މިހާރު ވަނީ ރާއްޖޭގައި ހުރި މެރިއަޓްގެ އެކި ރިސޯޓްތަކުން ދާއިމީ ވަޒީފާ ކަށަވަރުވެފަ އެވެ.