ENGLISH

02 ޖޫން 2026

Advertisement

ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ 88 އިންސައްތަ މަސައްކަތް ނިންމައިފި

02 ޖޫން 2026

|

އާމިނަތު ނުޒްލާ

ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތް ޑިޒައިންކޮށްފައިވާ ކުރެހުމެއް-- އިސްލާމިކް މިނިސްޓްރީ

ހއ. ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، މުންނާރުގެ ރެއިންފޯސްމެންޓް ކޮންކްރީޓް މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ. މިސްކިތުގެ ފިނިޝިންގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، އަމާޒަކީ ވީ އެންމެ އަވަހަށް ނިންމާ ހަވާލުކުރުން ކަމަށް ބުނެފައިވެ އެވެ.

ތުރާކުނުގައި އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ތުރާކުނުގައި ބިނާ ކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ވުޟޫކުރެވޭ ދެ ސަރަހައްދެއް ހެދުމާއި، މުންނާރު ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މި މިސްކިތް ފަރުމާކޮށްފައި ވަނީ އެތެރެއާއި ބޭރުން އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭގޮތަށް އެންމެ ފަހުގެ ޒަމާނީ ސިފަތަކާއެކު އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވީ 365 ދުވަސްތެރޭ ނިންމާގޮތަށް 11.21 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގެ ރަށްތަކުގައި ސަރުކާރުން އަންނަނީ އެއްފަހަރާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެތެރޭގައި އިސްލާމީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ. މިގޮތުން ގިނަ ރަށްތަކެއްގައި މިސްކިތްތައް ބިނާކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު