ENGLISH

02 ޖޫން 2025

Advertisement

ޖެނޯއާ ބަލިކޮށް ނަޕޯލީ އެއްވަނަ އަށް

22 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ނަޕޯލީގެ އަންގީސާ (މ) އަތުން ބޯޅަ ހޯދަން ޖެނޯއާގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ޖެނޯއާ އަތުން 2-1 އިން ހޯދި މޮޅާއެކު ނަޕޯލީން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ނަޕޯލީ އެއްވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް އެޓަލާންޓާ ވަނީ އެއްމެޗު މަދުން ކުޅެފައެވެ. ތިންވަނައިގައި އޮތް އިންޓަ މިލާނަށް 15 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

ޖެނޯއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި ނަޕޯލީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް މި ދެ ލަނޑު ޖަހައިދިނީ ފްރޭންކް އަންގީސާ އާއި އާމިރް ރަހްމާނީ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޖެނޯއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަންދްރެއާ ޕިނަމޮންޓީ އެވެ.

މި މެޗުން ނަޕޯލީ މޮޅުކޮށްދިނުމުގައި އެ ޓީމުގެ އިޓަލީ ގޯލްކީޕަރު، އަލެކްސް މެރެޓް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭގެތެރޭގައި، މެޗު ނިމެންދަނިކޮށް ޖެނޯއާގެ ކާލެބް އެކުބާން ފޮނުވާލި ބޯޅަ ހުއްޓުވަން މެރެޓް ކުރި ސޭވް ހިމެނެއެވެ.

މި މުބާރާތުގައި ރޭ ލެއްޗޭގެ ދަނޑުގައި ކުޅުނު މެޗުން ލާޒިއޯ މޮޅުވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު