ENGLISH

02 ޖޫން 2025

Advertisement

ބާސާ ބަލިކޮށް އެތުލެޓިކޯ އެއްވަނަ އަށް

22 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އެތުލެޓިކޯގެ ފޯވާޑް، ސޯލޯތު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ބާސެލޯނާ 2-1 އިން ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާ އެކު އެތުލެޓިކޯ އެއްވަނައިގައި އޮތީ 18 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. އެއްމެޗު އިތުރަށް ކުޅެގެން 38 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ދެވަނައިގައެވެ. ރެއާލް މެޑްރިޑް އޮތީ 17 މެޗުން ލިބުނު 37 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު، ޕެޑްރީ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ރޮޑްރިގޯ ޑެ ޕޯލްގެ ލަނޑުން އެތުލެޓިކޯ އެއްވަރުކޮށްފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމު މޮޅުކޮށްދިނީ އަލެކްސެންޑާ ސޯލޯތު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އޮސަސޫނާ އަތުން އެތުލެޓިކް ބިލްބާއޯ މޮޅުވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު