ENGLISH
02 ޖޫން 2025
އާސެނަލަށް ފަސޭހަ މޮޅެއް، ވިލާ އަތުން ސިޓީ ބަލިވެއްޖެ
22 ޑިސެމްބަރު 2024
|
ޕެލަސް ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލްގެ މާޓިނެލީ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލުން 5-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖެސޫސް އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑުޖަހައިދިނީ ކައި ހަވާޓްޒް، ގެބްރިއެލް މާޓިނެލީ އާއި ޑެކްލަން ރައިސް އެވެ.
މި މެޗުގައި ޕެލަސްގެ ހަމައެކަނި ލަނޑުޖަހައިދިނީ އިސްމާއިލާ ސާރ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ އިނގިރޭސި ވިންގ، ބުކާޔޯ ސަކާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ލެއަންޑްރޯ ޓްރޮސާޑް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މި މެޗުގައި ވިލާގެ ލަނޑުތައް ޖަހައިދިނީ ޖޮން ޑުރާން އާއި މޯގަން ރޮޖާސް އެވެ. ސިޓީގެ ހަމައެކަނި ލަނޑުޖަހައިދިނީ ފިލް ފޯޑެން އެވެ.
ރޭގެ ނަތީޖާއާއެކު އާސެނަލް ވަނީ 17 މެޗުން 33 ޕޮއިންޓް ހަމަކޮށް، ތިންވަަނަ އަށް ޖެހިލައިފައެވެ. ތާވަލްގެ ކުރީގައި އުޅޭ ލިވަޕޫލާއި އާސެނަލްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ލިވަޕޫލް ވަނީ ދެ މެޗު މަދުން ކުޅެފައެވެ.
ވިލާ ވަނީ 17 މެޗުން ހޯދީ 28 ޕޮއިންޓާއެކު ފަސްވަނަ އަށް އަރާފައެވެ. އެއްޕޮއިންޓް ފަހަތުން ސިޓީ އޮތީ ހަވަނައިގައެވެ.