ENGLISH

02 ޖޫން 2025

Advertisement

ފައިނަލުގެ ފަހު ޖާގަ އައްޑޫ ސިޓީ އަށް

22 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އައްޑޫގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ރ. އަލިފުށި 2-0 އިން ބަލިކޮށް، އައްޑޫ ސިޓީން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި އައްޑޫގެ ފުރަތަމަ ލަނޑުޖަހައިދިނީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

އައްޑޫގެ ދެވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އައްޑޫ ސިޓީގެ ދެވަނަ ލަނޑުގައި ވެސް ބޮންޑާގެ ހިއްސާ ބޮޑެވެ.

މުބާރާތުގެ ފައިނަލްގައި އައްޑޫ ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.

ކިޔުންތެރިންގެ ހިޔާލު