ENGLISH

20 އޭޕްރީލު 2025

Advertisement

ހުޅުމާލެއިން ބިން ވިއްކާފައިވަނީ ބިޑިން ޕްރޮސެސްގެ ތެރެއިން: އެޗް.ޑީ.ސީ

22 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ހުޅުމާލެ - ފޮޓޯ: އެޗް.ޑީ.ސީ

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކާފައިވަނީ ޢާންމުކޮށް ޢިއުލާން ކުރުމާއެކު، ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެެސްއެއްގެ ތެރެއިންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ. 

އެޗް.ޑީ.ސީ އިން މިހެން ބުނެފައިވަނީ، ބިންވެރިޔާ ސްކީމާ ގުޅިގެން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތި ދޫކުރި މައްސަލައާ ގުޅިގެން ހުޅުމާލެއިން ބިން ވިއްކާފައި ވަނީ ވެސް އެޗް.ޑީ.ސީން ބިޑް އުސޫލާ ޚިލާފަށް ކަމަށް ބުނެ އެކި ފަރާތްތަކުން އެ ކޯޕަރޭޝަނަށް ގިނަ ތުހުމަތުތަކެއް ކުރަމުން ދިއުމާ ގުޅިގެންނެވެ.

އެ ނޫސް ބަޔާނެއްގައި ވަނީ، ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކި ބިޑިން ޕްރޮސެސްގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. އެގޮތުން ބިން ގަތުމުގެ ފުރަތަމަ މަރުހަލާގައި، ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް (އީ.އޯ.އައި) ހުށަހެޅި ކަމަށާއި، އެ ހުށަހެޅި ފަރާތްތަކަށް ބިޑް ކުރުމަށް ހުޅުވާލި ކަމަށް އެ އިދާރާއިން ހާމަކުރެއްވިއެވެ. އަދި ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑް ކުރުމަށް ކަނޑައެޅި ވަގުތު ހަމަވި އިރު އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

އެޗްޑީސީން ހާމަކުރި، ބައެއް ބިންތަކުގެ ތަފްސީލް

އެޗް.ޑީ.ސީން އާންމުކޮށް އިޢުލާންކޮށްގެން ހުޅުމާލެއިން ވިއްކާފައިވާ ބިންތަކާ ގުޅިގެން ހަޤީޤަތާ ޚިލާފު ނުފެތުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

މިނިވަންކަމާއެކު ތަހުޤީޤު ހިންގުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު