ENGLISH
30 މޭ 2026
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަން މަޝްރޫއު: އިންޖީނުތައް އުފެއްދުމުގެ މަސައްކަތް ކުރަނީ
30 މޭ 2026
|
އައްޑޫ ސިޓީ.
އެންމެ މަޤްބޫލު
އައްޑޫ ސިޓީގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތުގެ ތެރެއިން، އިންޖީނުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސެއިން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ގާއިމުކުރަން ނިންމާފައިވާ ސެންޓްރަލް ޕަވާ ސްޓޭޝަން މަޝްރޫއަކީ ކަރަންޓުގެ ހިދުމަތް ފުޅާކޮށް، އެ ސިޓީއަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރުން ރާވާފައިވާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އެކި އަވަށްތަކުގައި ވަކިވަކިން ހިންގަމުން އަންނަ އިންޖީނުގެތައް އެއްތަނަކަށް ގެނެވި، ޒަމާނީ ފެންވަރުގެ ޕަވާ ސްޓޭޝަނެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްބި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަފީފް ވިދާޅުވީ، އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފަށާފައިވާ، އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
މި މަޝްރޫއަށް މަޑުޖެހުމެއް ނައިސް ކުރިއަށްގެންދާއިރު އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިންޖީނުތައް އުފެއްދުމުގެ މަސައްކަތްތައްކަމަށް އަފީފް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް:
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމާލުންކަމަށާއި މި މަޝްރޫއު ނިމުމުން އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ލިބިގެެންދާނެކަމަށް އަފީފް ވިދާޅުވި އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދުބާއީގެ ކުންފުންޏެއްކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްގެން ނެވެ. މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މާޗުމަހުގެ ހަތް ވަނަ ދުވަހު އެވެ. އައްޑޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން، އޭބީސީގެ ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.