ENGLISH
30 މޭ 2026
ސަމާލުވޭ! އުތުރުގެ ކަނޑުތައް އަދިވެސް ގަދަ
30 މޭ 2026
|
އުތުރާއި މެދުރާއްޖެތެރެއަށް ކަނޑު ގަދަވުން-- ފޮޓޯ: ވަން އޮންލައިން
އެންމެ މަޤްބޫލު
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އަދިވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
"އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި، ދެކުނުން ގަޑިއަކު ފަަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެ އެވެ.
އެހެންކަމުން މި ދުވަސްވަރަކީ، އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުންދާ ދުވަސްވަރަކަށްވާތީ ހާއްސަކޮށް ކަނޑުދަތުރުކުރައްވާ މީހުން އަދި އާއްމުކޮށް ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުކަަން ދިނުމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ.