ENGLISH
30 މޭ 2026
ޢީދުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އަރުވަނީ
30 މޭ 2026
|
އެންމެ މަޤްބޫލު
ބަރަކާތްތެރި އަޟްޙާ އީދު ފާހަގަކުރުމުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:45އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް ފަސް މިނެޓެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ގިނަ ކުޅިވަރުގެ ހަރަކާތްތައް ބާއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދިޔަ މި "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 11 އެސްއޯއީއަކުން ބައިވެރިވެފައި ވެއެވެ. ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދިޔައީ އީދުގެ ތިން ދުވަހުގެ ހަވީރު 16:00އިން 18:00އަށެވެ. މީގެއިތުރުން ހުޅުމާލޭ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގައި އަދި ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ވެސް މި ހަރަކާތްތައް ކުރިއަށްގެންގޮސްފައި ވެއެވެ.