ENGLISH

30 މޭ 2026

Advertisement

ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ހާރިޖީ ވަޒީރު

30 މޭ 2026

|

އައިމިނަތު ޝަފާ

ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފި އެވެ.

ވަޒީރު މި ޔަގީންކަން ދެއްވީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރާ ހައުސްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ.

ކޮމަންވެލްތަކީ 56 މެންބަރު ގައުމުގެ މައްޗަށް އެކުލެވިގެން ޖަމާއަތެކެވެ. ރާއްޖެއަކީ 2020 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ މެމްބަރު ގައުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު