ENGLISH

30 މޭ 2026

Advertisement

ކަރަންޓުގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި

30 މޭ 2026

|

އައިމިނަތު ޝަފާ

ލ.ގަން.

ލ. ގަމުގައި ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިިހެން ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިއަދު ވޯޑަށް ބަދަލުކޮށްފި އެވެ.

އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުން ބުނީ ކަރަންޓުގައި ޖެހުނު ކުއްޖާ މާލެ ގެނެސް އެންމެ ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގައި ކަމަށެވެ. އެއަށްފަހު އައިސީޔޫގައި ބޭއްވުމަށްފަހު މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ. 

އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރޭގައި ކަރަންޓުގައި ޖެހުނީ ލ. ގަމު 14 އަހަރުގެ ކުއްޖެކެވެ.

ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 11:00ގެ ފަހުންނެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން އެކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ނެވެ. 

ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު