ENGLISH
30 މޭ 2026
އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި
30 މޭ 2026
|
އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލާޝިޕަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި.
އެންމެ މަޤްބޫލު
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މާސްޓާސްއަށް ކިޔަވަން ދޭ މި ސްކޮލާޝިޕްގެ ދަށުން އެމެރިކާގެ ޔުނިވާސިޓީއެއްގައި ކިޔަވަން ފަށާނީ 2027 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
މި ސްކޮލާޝިޕަށް އަންނަ ޖުލައި މަހުގެ 16 ގެ ކުރިން ފޯމް ހުށައަޅަން ޖެހޭއިރު، ޖޫން މަހުގެ 8ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމާފައިވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ އެ ސެޝަންގައި ބައިވެރި ވެވޭނީ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކަށްކަމަށް ތައުލީމާއި މަތީތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުންޏެވެ.
އެމެރިކާގެ ފުލްބްރައިޓް ސްކޮލާޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ދިރިއުޅޭ ދިވެއްސަކަށް ވުމާއި، ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވުމާއި އިނގިރޭސިބަހަށް ފަރިތަވުމުގެ އިތުރުން ސްޓަޑީ ޕްލޭނަކާއި ރިކޮމެންޑޭޝަންތަކާ އެކު އޮންލައިންކޮށް އެޕްލިކޭޝަނެއް ހުށަހެޅުމެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މި މަހުގެ ތިން ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް އެމެރިކާގެ ސަރުކާރުން ހަމަޖައްސައިދޭނެ އެވެ. ނަމަވެސް އެމެރިކާއަށް ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަން ފާހަގަކޮށްފައިވެއެވެ. ދިމާވެދާނެ ދަތިތައް ކަމަށް އެމްބަސީން ފާހަގަކޮށްފައިވަނީ ސިއްހީ މައްސަލަތަކާއި ކޮންސިއުލާ ހިދުމަތްތަކަށް ބުރޫ އެރުން ފަދަ އެމެރިކާ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ފަދަ ސަބަބުތަކެވެ.