ENGLISH

29 މޭ 2026

Advertisement

ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން ސައުދީ ރަސްގެފާނާއި، ވަލީއަހުދަށް ވަޒީރު ޝަހީމް މަރުހަބާ ވިދާޅުވެއްޖެ

29 މޭ 2026

|

އައިމިނަތު ޝަފާ

ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު، އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ހައްޖުވެރިންނަށް ޚިދުމަތްކުރުމުގައި ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއާއި، ދާޚިލީ ވުޒާރާގެ އިތުރުން ސައުދީގެ މުޅި ސަރުކާރާއި މުއައްސަސާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ. ވަޒީރު ވިދާޅުވީ ހައްޖުގެ ފުރިހަމަ އިންތިޒާމުތަކާއި ކާމިޔާބީން ރަމްޒުކޮށްދެނީ، ޙައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސައުދީން ގެންގުޅޭ ދުރުވިސްނުމާއި ބަހައްޓާ ހާއްސަ އަހައްމިއްޔަތުކަމެން ކަމަށެވެ.

ވަޒީރުގެ ޕޯސްޓް ނިންމަވާލެއްވީ ސައުދީ އަރަބިއްޔާއަށް އަބަދުމެ އަމާންކަމާއި، ހަމަޖެހުމާއި ފާގަތިކަން ދެއްވައި، ޙައްޖުވެރިންގެ ޙައްޖާއި އެންމެހައި މުސްލިމުންގެ ހެޔޮ އަމަލުތައް ޤަބޫލުކުރެއްވުން އެދި ދުއާ ދަންނަވަމުން ނެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފަ އެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު