ENGLISH

29 މޭ 2026

Advertisement

މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މިއީ: އަރީޝް

29 މޭ 2026

|

އައިމިނަތު ޝަފާ

އީދަށް މާލެ ޒީނަތްތެރިކޮށްފައި

މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މި އީދުކަން ފާހަގަކުރައްވައި ކުރީގެ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު، މުޅި ގްރޭޓާ މާލެ ސަރަޙައްދުގެ އެކި ހިސާބުތަކުން ތަކުބީރުގެ މާތް އަޑު ގުގުމަމުންދިޔަކަމަށެވެ. އަދި ކުރިން އޮތް ކޮންގްރެސް ޕާޓީގެ ސްޕަ މެޖޯރިޓީ އޮތް ކައުންސިލުން މެދުނުކެނޑި އެ އާދަ ހިފަހައްޓަމުން ގެންދިޔަކަން އަރީޝް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއްކަމަށް ވިދާޅުވެ މާލެއިން ތަކުބީރުގެ އަޑު ކެނޑި، މުޅި މާޙައުލު ބަދަލުވެފައިވާކަން އަރީޝް ފާހަގަކުރެއްވި އެވެ.

އަރީޝް ވިދާޅުވީ މިއީ އެމް.ޑީ.ޕީ އަށް ކުޑަ ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތް ކަމަށެވެ.

އަރީޝް މިފަދައިން ވިދާޅުވި އިރު އީދާ ދިމާކޮށް މާލެ ސަރަހައްދު ޒީނަތްތެރިކުރުމާއި ކުލަބޮކި ދިއްލުމާއި ތަކުބީރުގެ އަޑުން މުޅިން މާލެ ގުގުމާލެއްވުމުގެ ހަރަކާތް ފެއްޓެވީ ރައީސް މުއިއްޒެވެ. 

ކިޔުންތެރިންގެ ހިޔާލު