ENGLISH
29 މޭ 2026
ޢީދު އުފާ ފާޅުކުރުމުގައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ: ވަޒީރު ޑރ. ޝަހީމް
29 މޭ 2026
|
އެންމެ މަޤްބޫލު
ޢީދު އުފާ ފާޅުކުރުމުގައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ.
"ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވާންވާނެ،" ވަޒީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޙައްޖުގެ އަޅުކަމާއި ގުޅިގެން، އަދި ޙައްޖުގެ އަޅުކަން މުޅިން ނުނިމެނީސް، މަޝާޢިރުތަކުގައި ޙައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާއިރު، އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރު އަޑު އިވެމުންދާ ހިނދު، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށެވެ.