ENGLISH
20 އޭޕްރީލު 2025
މާލޭގެ ގެއަކުން ނިޔާވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެ
22 ޑިސެމްބަރު 2024
|
މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ގ. ބިއުޓީ ވިލާ ގޭގައި ޚަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު ރޭ ދަންވަރު 01:27 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާ އައި.ޖީ.އެމް.އެޗް އަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓާލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނިޔާވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 45 އަހަރުގެ ދާއޫދު ޖިމްރީޒް އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެެވެ.
އިއްޔެ ހަވީރު ވެސް ވަނީ މާލޭގެ ގެއަކުން ނިޔާވެފައި އޮތް ޒުވާނަކު ފެނިފަ އެވެ.