ENGLISH

20 އޭޕްރީލު 2025

Advertisement

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޝަކުވާ ހުށަހަޅަން ފުލުހުންގެ ޚާއްސަ ޕޯރޓަލެއް

21 ޑިސެމްބަރު 2024

|

ހަސަން އާމިރު

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން އެއްވެސް ބައެއްގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށްޓަކައި ފުލުހުންގެ ޚާއްސަ ޕޯރޓަލެއް މިރޭ ޤާއިމްކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުޤީޤަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv އަށް ވަޑައިގެން ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މަޢުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ ކަމަށާއި ނުވަތަ ތަހުޤީޤު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާކުރެއްވިދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ އަރުވައިފައެވެ.

އުސޫލުން ބޭރުން ގޯތިތަކެއް ދިން މައްސަލައިގެ ތުހުމަތުގައި ފުލުހުން މިހާރު ވަނީ ޖިނާޢީ ތަހުޤީޤެއް ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު