ENGLISH

27 މޭ 2026

Advertisement

އީދު ފާހަގަކުރާއިރު އެކުވެރިކަމާއި ބަދަހިކަން އިޔާދަކުރުމަށް ނައިބް ރައީސް އެދިވަޑައިގެންފި

27 މޭ 2026

|

އައިމިނަތު ޝަފާ

އީދު ފާހަގަކުރާއިރު އެކުވެރިކަމާއި ބަދަހިކަން އިޔާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު އެދިވަޑައިގެންފި އެވެ. 

އެމަނިކުފާނުގެ 'އެކްސް' އެކައުންޓުގައި ރޭ ކުރެވި މެސެޖުގައި ވަނީ އަޟްހާ ޢީދުގެ ތަހުނިޔާ އާއި މުބާރަކު ބާދީ އެންމެހާ އަޚުންނާ އުޚުތުންނަށް އަރިސްކުރައްވާފަ އެވެ. 

ނައިބުރައީސް ވަނީ ހައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވުމަށް އިލްތިމާސްކޮށްފަ އެވެ.

ނައިބު ރައީސް ވިދާޅުވީ އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށެވެ. އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލުމަށް އިލްތިމާސްކުރައްވައި އެކުވެރި ކަމަކީ ގަދަފަދަ ބާރެއްކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. 

ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ޕޯސްޓުތައް ކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު