ENGLISH

27 މޭ 2026

Advertisement

އަހަރެއްގެ ތެރޭ ހައްޖާއި އުމްރާއަށް މޯލްޑިވިއަންގެ 26 ފްލައިޓުގައި ހަހާހަށް ވުރެ ގިނަ މީހުން އުފުލައިފި

27 މޭ 2026

|

އައިމިނަތު ޝަފާ

ހައްޖުވެރިން މައްކާގައި، ފޮޓޯ: މިހާރު

އަހަރެއްގެ ތެރޭގައި ހައްޖާއި އުމްރާއަށް ގައުމީ އެއާލައިން، މޯލްޑިވިއަނުގެ 26 ފްލައިޓް އޮޕަރޭޓްކޮށް 6،073 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ. 

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހާ ހަމައަށް މޯލްޑިވިއަނުން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް 26 ފްލައިޓް އޮޕަރޭޓު ކުރިއެވެ. އެ ފްލައިޓްތަކުގައި ޖުމްލަ 6،073 ފަސިންޖަރުންނަށް ހިދުމަތްދީފައިވެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ދިވެހި ހައްޖުވެރިން އުފުލުމަށް ހައްޖު ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަންއާއެކު އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ. އެ ހައްޖުވެރިން މައްކާއަށް ގެންދިއުމަށް ގައުމީ އެއާލައިނުގެ ދެ ފްލައިޓް މިފަހަރު ބޭނުންކުރި އެވެ. 

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ 5 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު