ENGLISH
27 މޭ 2026
މޯލްޑިވިއަންގެ އިތުރު ދަތުރުތައް ގިނަ އަތޮޅުތަކަކަށް
27 މޭ 2026
|
މޯލްޑިވިއަންގެ ބޯޓެއް
އެންމެ މަޤްބޫލު
ގައުމީ އެއާލައިން-- މޯލްޑިވިއަންއިން ބޮޑު އީދު ބަންދާ ދިމާކޮށް ކުރާ ދަތުރުތަކުގެ މަންޒިލްތައް އިތުރުކޮށްފި އެވެ.
މިދުވަސްވަރު މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރީ އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވުމުން ނެވެ.
މި ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފަ އެވެ. މިގޮތުން އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ.
އިއްޔެ މޯލްޑިވިއަނުން އާއްމުކުރި ޝެޑިއުލްގެ ތެރެއަށް އިތުރު އަތޮޅުތަކެއް މިހާރު އިތުވެފައިވެއެވެ.
* 30 މެއި (ހޮނިހިރު)- 9:25 މާލެ - ދަރަވަންދޫ
10:35 ދަރަވަންދޫ - މާލެ
* 31 މެއި (އާދިއްތަ)- 19:50 މާލެ - ކޫއްޑޫ
19:50 މާލެ - ކައްދޫ
5:10 މާލެ - ހަނިމާދޫ
6:40 ހަނިމާދޫ - މާލެ
8:10 މާލެ - ހޯރަފުށި
8:00 މާލެ - އިފުރު
މީގެ އިތުރުން މި ދެ ދުވަހު އިތުރު އަތޮޅުތަކަށް ވެސް މޯލްޑިވިއަނުގެ ދަތުރުތައް ކުރާނެކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން:
* 30 މެއި (ހޮނިހިރު)- 6:10 މާލެ - ތިމަރަފުށި
7:30 ތިމަރަފުށި - މާލެ
* 31 މެއި (އާދިއްތަ)- 10:55 މާލެ - ގަން
13:00 ގަން - މާލެ
15:05 މާލެ - ގަން
17:10 ގަން - މާލެ
21:00 މާލެ - ހަނިމާދޫ
22:20 ހަނިމާދޫ - މާލެ
21:00 މާލޭ - ކާޑެއްދޫ
22:20 ކާޑެއްދޫ - މާލެ
1:40 ކުޅުދުއްފުށި - މާލެ
3:05 މާލެ - ކުޅުދުއްފުށި
އީދު ބަންދުތެރޭގައި މޯލްޑިވިއަނުންކުރާ އެތެރޭގެ ދަތުރުތައް އިތުރުކޮށްފައިވާކަމަށާއި، މި ފަހަރުގެ އީދު ބަންދުގައި 1،227 ދަތުރު އެ އެއާލައިނުން ކުރާނެކަމަށް އެ އެއާލައިނާ ހަވާލާދީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވެސް ވިދާޅުވެފައިވެއެވެ.
އެހެން މަސްމަހު ކުރާ ދަތުރުތަކަށްވުރެ އީދު ބަންދުގައި ކުރާ ދަތުރުތައް މޯލްޑިވިއަނުން 20 އިންސައްތަ އިތުރުކޮށްފައިވާކަމަށް އޭރު ތަރުޖަމާނު ވިދާޅުވި އެވެ. އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެކަނިވެސް 64،000 މީހުން ދަތުރުކުރާނެކަމަށް އަންދާޒާކުރެވޭކަމަށާއި އެހެން އެއާލައިންތަކުގެ ދަތުރުތަކާއެކު މި އަދަދު އިތުރުވެގެންދާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.