ENGLISH
27 މޭ 2026
ރަށްރަށާއި މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
27 މޭ 2026
|
ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރުން.
އެންމެ މަޤްބޫލު
އަތޮޅު ތެރެއާއި މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު މިއަދު ކޮށްފި އެވެ.
އަޟްހާ އީދު ނަމާދު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކޮށްފައިވެއެވެ. އެއީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގަ އެވެ.
ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރުން.
މައިދާންތަކުގެ އިތުރުން މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދު ވަނީ ކޮށްފަ އެވެ. އެއީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭގެ ހަތް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މިސްކިތެކެވެ.
މި އީދު ނަމާދުގައި އިމާމްވެ ނަމާދުކޮށް ފައި ވަނީ ސަރުކާރުން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްއިން ދަސްވެނިވި ކުދިންނެވެ.
މިއަދުގެ ހުތުބާއަށް ބަލާލާއިރު މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއްކަން ފާހަގަކޮށް ޢީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއްކަން ބަޔާންކޮށްފައިވެއެވެ.
ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރުން.
އަދި އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރި އެވެ.