ENGLISH

20 އޭޕްރީލު 2025

Advertisement

މާލޭގެ ގެއަކުން ނިޔާވެފައި އޮތް ޒުވާނަކު ފެނިއްޖެ

21 ޑިސެމްބަރު 2024

|

ހަސަން އާމިރު

މާލޭގެ ގެއަކުން މަރުވެފައި އޮތް ޒުވާނެއް މިއަދު ހަވީރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ ރިޕޯޓް މިއަދު ހަވީރު 5:02 ހާ އިރު ލިބިފައިވާ ކަމަށެވެ. އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާ ދެއްވައި ފުލުހުން ވިދާޅުވެފައިވެ އެވެ. 

ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވި އެވެ. އަދި މި މައްސަލަ ފުލުހުން ތަހްޤީޤު ކުރަމުން ދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު