ENGLISH
02 ޖޫން 2025
މާލެ ސިޓީ ބަލިކޮށް އޭދަފުށި ފައިނަލަށް
21 ޑިސެމްބަރު 2024
|
އޭދަފުއްޓަށް ލަނޑުޖަހައިދިނުމަށްފަހު ހަމްޒާ (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: އަބްދުﷲ އަބީދު / ވަގުތު އިމޭޖަސް
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މާލެ ސިޓީ 3-2 އިން ބަލިކޮށް، ބ. އޭދަފުށި އެ މުބާރާތުގެ ފައިނަލުން މިއަދު ހަވީރު ޖާގަ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށިން ވަނީ ތިން ލަނޑު ޖަހައިފައެވެ. އޭދަފުށީގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، މާލޭ ސިޓީގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން ރިލްވާން ވަހީދު (ރިލޭ) އެވެ.
މިއީ މި ފަހަރުގެ މުބަރާތުގައި މާލެ ސިޓީ އަތުން އޭދަފުށި މޮޅުވި ދެވަނަ ފަހަރެވެ. މީގެކުރީން، ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން އޭދަފުށި މޮޅުވީ 2-0 އިންނެވެ.
ގޯލްޑް ކަޕްގެ ދެވަނަ ސެމީގައި މިރޭ އައްޑޫ ސިޓީން ނުކުންނާނީ ރ. އަލިފުއްޓާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.