ENGLISH

26 މޭ 2026

Advertisement

ކުރީ ސަރުކާރުގެ މުޅި ސިޔާސަތު ބައްޓަންކުރީ މަސްވެރިކަން ނޫން އެހެން ގޮތެއް ހޯދަން: ތަރުޖަމާނު

26 މޭ 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު). ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުގެ މުޅި ސިޔާސަތު ބައްޓަންކުރީ މަސްވެރިކަން ނޫން އެހެން ގޮތެއް ހޯދަންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަަދު ހުސެއިން ޝަރީފް( މުންދު) ވިދާޅުވެއްޖެ އެވެ. 

ތަރުޖަމާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ މަހުން ނަގަމުންއައި ޓެރިފު ވަގުތީ ގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ނުނެގުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ދައުލަތު މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ތަރުޖަމާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒަކީ މުސާރައިގެ ފަރަގު ކުޑަކުރުންކަމަށެވެ. ރާއްޖޭގެ ކުދި އާބާދީތަކުން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ އެފަދަ ރަށްރަށުގެ ރައްޔިތުން އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދައި މަސްވެރިކަމުގެ ސިނާއަތް އެރަށްރަށުގައި ކުރިއެރުވުން މަޖުބޫރުކަމަށެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ވިސްނުމެއް ނެތްކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަޑުއެހިން ކުރީ ސަރުކާރުގެ އިސްވެރިޔަކު ބުނާތީ ރާއްޖޭގައި މަސްވެރިކަން ތަރައްގީކުރާނެ ފުރުސަތެއް ނެތޭ. އެޖާގައެއް އެ ތަނަވަސްކަމެއް ނެތޭ ބުނި އަޑު. ކީއްކުރަން ކުރިއަރުވާ ސިނާއަތެއްހޭ މިއީ. އަޅުގަނޑުމެން އަމިއްލައަށް މި ގަބޫލުކުރަނީ އަޅުގަނޑުމެންނަކީ ފުރުސަތު ނެތް ބައެކޭ ކީއްކުރަންހޭ މަސްވެރިކަން ކުރިއަރުވަންވީ އެހެންކަމަކާއޭ އުޅެންވީ. މިހެން ބުނި ބޭފުޅުން ތިއްބެވި ސަރުކާރެއް އެއީ. އެބޭފުޅުންގެ ސަރުކާރުގެ މުޅި ސިޔާސަތު ބައްޓަންކުރީ މަސްވެރިކަން ނޫން އެހެން ގޮތެއް ހޯދަން،". ތަރުޖަމާނު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެކަން ބަދަލުކުރައްވައި މަސްވެރިންނަށް ހައްގު މަގާމު ދެއްވިކަމަށް ވިދާޅުވި އެވެ. 

"މަސްވެރިންނަކީ ދަށުދަރަޖައަކަށް ވައްޓާލެވޭނެ ބައެއް ނޫނޭ. މަސްވެރިންނަށް ސަބްސިޑީވެސް ދެއްވާނަމޭ. މަސްވެރިން މަހަސް ނެރެން ހިތްވަރުވެސް ދެއްވާނަމޭ. މަސްރިންނަށް މާކެޓުވެސް ހޯއްދަވާދެއްވާނަމޭ. މަސްވެރިން ބާނާ މަހަށް ހަމަ އަގުވެސް ހޯއްދަވާދެއްވާނަމޭ. މަސްވެރިން މަސްކިރީމަ ތަކުލީފެއްނެތި ހައްގު އުޖޫރަވެސް ދެއްވާނަމޭ،". ތަރުޖަމާނު ވިދާޅުވި އެވެ. 

ތަރުޖަމާނު ވިދާޅުވީ ރައީސް މުއިއްޒު ދެކިވަޑައިގަންނަވާގޮތުގައި ދިވެހި އިގުތިސާދު ބިނާ ކުރެވޭނީ މަސްވެރިން ބާރުވެރިކުރުވައިގެންކަމަށެވެ. 

ތަރުޖަމާނު މިފަދައިން ވިދާޅުވި އިރު އިސްރާއީލާއި އެމެރިކާ އިސްވެ އޮވެ މިދިޔަ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު ދޭންފެށި ހަމަލާތަކާ ގުޅިގެންވެސް މަސްވެރިކަމަށް ބުރޫ ނާރާނެހެން ސަރުކާރުން އަންނަނީ ކަންކަން ފަހިކޮށްދެމުން ނެވެ. އެގޮތުން ފަހި ހަކަތަ ޕްރޮގްރާމުގެ ދަށުން ތެލަށް ސަބްސިޑީ ދިނުމާއި،48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެއްކުން ހިމެނެ އެވެ. ހަރުދަނާ އަދި ވިލުންތެރި އިގްތިސާދަކަށް ވާސިލުވުމަށް މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު