ENGLISH

26 މޭ 2026

Advertisement

ޢަރަފާތު ހުތުބާއާއި ޢީދު ހުތުބާ ދެއްވާނީ ދެބަފައިން

26 މޭ 2026

|

އައިމިނަތު ޝަފާ

އްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޒައިފީ.

މި އަހަރު އަރަފާތު ދުވަހުގެ ހުތުބާ ދެއްވާނީ، އައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީ ކަމަށާއި، މާދަމާ އަޟްހާ އީދުގެ ހުތުބާ ދެއްވާނީ އެމަނިކުފާނުގެ ދަރިކަލުން އައްޝައިޚް އަޙްމަދު އަލްޙުޛައިފީ ކަމުގައި ހަމަޖައްސައިފި އެވެ.  

ސައުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ބުނީ މި އަހަރު މަސްޖިދުއްނަމިރާގައި އަރަފާތު ދުވަހުގެ ހުތުބާ ދެއްވާނީ، މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީކަމަށާއި މާދަމާ މަދީނާގެ މަސްޖިދުލް އަލް ނަަބަވީގައި އަޟްހާ އީދުގެ ޚުތުބާ ދެއްވާނީ އެމަނިކުފާނުގެ ދަރިކަލުން ފަޟީލަތުއްޝައިޚް އަޙްމަދު އަލްޙުޛައިފީ ކަމަށެވެ. 

މިއަދު ދެވޭ އަރަފާތު ދުވަހުގެ ހުތުބާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ މުހިންމު މެސެޖެކެވެ. މި ހުތުބާގައި ބޮޑަށް އަލިއަޅުވާލާނީ އަރަފާތު ދުވަހުގެ މަތިވެރިކަމާއި، ފާފަ ފުއްސެވުމަށް އެދި ދެންނެވުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި މީގެ 1400 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ކީރިތި ރަސޫލާ ﷺ އަރަފާތް ބިމުގައި ހުންނަވައި ދެއްވި ވަދާއުގެ ހުތުބާގެ ހަނދާންތައް އައުކުރާނެ އެވެ. އަރަފާތު ބިމުގައި މިއަދު އިއްވާ ހުތުބާއަށްފަހު މާތް ﷲ އަށް ދުއާ ދެންނެވުމުގައި އިރުއޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި މަޑުކުރާނެ އެވެ.

އައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޒައިފީގެ ދަރިކަލުން އައްޝައިޚް އަޙްމަދު އަލްޙުދައިފީ.

ޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއަކީ މުޅި އިސްލާމީ ދުނިޔެ އިހުތިރާމްކުރާ ބޮޑު އިލްމުވެރިއެކެވެ. 

ޝައިޚް ޙުޛައިފީއަކީ 1979 ވަނަ އަހަރުން ފެށިގެން މަސްޖިދުއްނަބަވީގެ އިމާމްކަމާއި ޚަޠީބުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން މަސްޖިދުލް ޙަރަމްގެ އިމާމްކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފަ އެވެ.

ޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޒައިފީގެ ދަރިކަލުން އައްޝައިޚް އަޙްމަދު އަލްޙުދައިފީއަކީ މަސްޖިދުއް ނަބަވީގެ ޚަޠީބެއްގެ އިތުރުން ސައުދީގެ އިސް އިލްމުވެރިއެކެވެ. 

ކިޔުންތެރިންގެ ހިޔާލު