ENGLISH

20 އޭޕްރީލު 2025

Advertisement

އެސްޕީ ރަޖުނީ އަށް ކުރާ ތުޙުމަތުތައް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

21 ޑިސެމްބަރު 2024

|

ހަސަން އާމިރު

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބުއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ވެރިއަކަށް ހުންނެވި ރަޖުނީ ޝުޢައިބު ވިނަރެސް ފްލެޓް ހޯދި ގޮތާ މެދު ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތައް ފުލުހުންގެ އިދާރާއިން ސާފުކުރަމުންދާ ކަމަށް، ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އެވެ.

އޭނާ ވިދާޅުވީ ޝުޢައިބާ ގުޅޭގޮތުން އާންމުކުރަމުންދާ މަޢުލޫމާތާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފޯޖުކޮށްފައިވާ ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލެ އިން ގޯތިތަކެއް ހޯދި މައްސަލައިގެ ތަޙުޤީޤާ ގުޅޭ މަޢުމޫލާތު ދެއްވަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރަޖުނީ ބައިވެރިވެވަޑައިގެންނެވި އެވެ. 

ކިޔުންތެރިންގެ ހިޔާލު