ENGLISH
25 މޭ 2026
ޖަޕާނު ރަސްގެފާނަށް މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
25 މޭ 2026
|
އެންމެ މަޤްބޫލު
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ އަހުމަދު މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނު ރަސްގެފާނަށް އަރުވައިފި އެވެ.
މިކަން ހާމަކުރައްވައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ކުރެއްވި ޕޯސްޓުގައި މަހުލޫފަށް މަރުހަބާ ވިދާޅުވެ، މަހުލޫފްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ކުރީގެ ޔޫތް މިނިސްޓަރު މަހުލޫފް އައްޔަނުކުރެއްވީ ހުސްވި ޑިސެމްބަރުމަހުގެ ތެރޭގަ އެެވެ.
މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ވޯޓުން ނެވެ.