ENGLISH
25 މޭ 2026
އީދު ދުވަހު ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި
25 މޭ 2026
|
އެމްޓީސީސީގެ ބަހެއް- ފޮޓޯ: ދަ ސްޓޭންޑާޑް
އެންމެ މަޤްބޫލު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ގްރޭޓަރ މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ހިދުމަތުގެ ދަތުރުތަކަށް، މިއަހަރުގެ އަޟްހާ އީދު ދުވަހުގެ އީދު ނަމާދުކުރާ ވަގުތާ ގުޅިގެން، ބަދަލު ގެނެސްފިއެވެ.
އީދު ދުވަހުގެ އީދު ނަމާދު ގަޑިއާ ގުޅިގެން ބަހުގެ ހިދުމަތްތައް ފެށޭނީ ހެނދުނު 8:00 އިން ފެށިގެންނެވެ.
އެމްޓީސީސީ އިން ބުނީ، ދަތުރުވެރިންނަށް ފަސޭހަކުރުމުގެ ގޮތުން R3 (މާލެ-އެއާޕޯޓް)، R4 (ހުޅުމާލެ ފޭސް 1-އެއާޕޯޓް) އަދި R9 (ހުޅުމާލެ ފޭސް2- އެއާޕޯޓް) ގެ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން، އީދު ނަމާދުގެ ކުރިން ކުރެވޭ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، ފަތިހު 5:30 އިން 6:05 އަށެވެ. އަދި އީދު ނަމާދުގެ ކުރިން ކުރެވޭ ދެވަނަ ދަތުރު ކުރާނީ ހެނދުނު 6:35 އިން 6:35 އަށެވެ.
އެހެން ނަމަވެސް، މި ދަތުރުތަކަށްފަހު އެ ތިން ރޫޓުގެ ދަތުރުތައްވެސް އީދު ނަމާދަށް މެދުކަނޑާލުމަށްފަހު ހެނދުނު 8:00 އިން ފެށިގެން އާދައިގެމަތިން ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން މައުލުމާތުދެއެެވެ.