ENGLISH
25 މޭ 2026
އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
25 މޭ 2026
|
އުރުދުންގެ އާ ސަފީރު ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވަވައިފި އެވެ.
އުރުދުންގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ އެ ގައުމުގެ ރަސްގެފާނު ޢަބްދުﷲ ދެވަނައަށާއި، ބޮޑުވަޒީރު ޖައުފަރު ޙައްސާނަށާއި، އުރުދުންގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އޮތީ އިސްލާމީ އަގީދާއާއި، އެއްގޮތް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމަށް ވިދާޅުވެ، ދެގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެ، ދެ ގައުމަށްވެސް ފައިދާކުރަނިވި ގުޅުމަކަށް މި ގުޅުން ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އުރުދުންގެ މިނިވަން ދުވަސް ފާހަގަ ކުރަނީ 1946 ވަނަ އަހަރު މެއި މަހު 25 ވަނަ ދުވަހު އޭރު އޮތް އުސްމާނީ ހިލާފަތުގެ ދަށުން މިނިވަންކަން ހޯދުމަށް ފަހުގަ އެވެ.
ދިވެހިރާއްޖެއާ އުރުދުން އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުގަ އެވެ.