ENGLISH
23 މޭ 2026
ހުރިހާ ހައްޖާޖީން ވެސް ތިބީ ހެޔޮ ހާލުގައި: ތަރުޖަމާން
23 މޭ 2026
|
އެންމެ މަޤްބޫލު
ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްއާ ހަވާލާދެއްވައި ތަރުޖަމާނު ވިދާޅުވީ ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ.
"ބަލި ހާލަތުގެ ގޮތުން ހޮސްޕިޓަލެއްގައި ބާއްވާ އެކަހަލަ ކަމެއް ނެތޭ ވިދާޅުވި. އެކަމަކު ކޮންމެ އަހަރެއްގެ ހައްޖު މޫސުމާ ދިމާކޮށް ރޯގާ ފެތުރޭތީ އެ ރޯގާގެ އަސަރު ބައެއް ހައްޖުވެރިންގެ ކިބައިން ފެނެއޭ. ނަމަވެސް ޖުމްލަކޮށް ހުރިހާ ބޭފުޅުން ހެޔޮ ހާލުގައި އޭ ތިއްބެވީ،". ތަރުޖަމާނު ވިދާޅުވި އެވެ.
މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ޙައްޖު ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއްގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގަ އެވެ.
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.