ENGLISH
02 ޖޫން 2025
ދެވަނަ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ވެސް އާރާ އަށް
21 ޑިސެމްބަރު 2024
|
މުބާރާތުގައި އާރާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން ޓެނިސް ދެވަނަ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސާލް އާޒިމް ހޯދައިފިއެވެ.
އާރާ ވަނީ މި މަހުގެ ކުރީކޮޅު ބޭއްވި ޖޫނިއާ އޯޕަންގެ ފުރަތަމަ މުބާރާތުގެ ވެސް އަންހެން ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައެވެ.
ނޭޝަނަލް ޓެނިސް ސެންޓަރުގައި މިއަދު ކުޅުނު މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފައިނަލްގައި ރާއްޖޭގެ އާރާ ވަނީ ސީދާ ދެ ސެޓުން ހޮންކޮންގުގެ ހިއު ލަމް އެލާ ވޯންގް ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް އާރާ ކާމިޔާބުކުރީ 6-2، 6-3 އިންނެވެ.
އިއްޔެ ކުޅުނު އަންހެން ޑަބަލްސް ފައިނަލުގައި، ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރު އާއި ނީމް އަހުމަދު ސަލީމްގެ ޕެއާ ވަނީ ކަޒަކިސްތާންގެ އަރްޒާން ބަޔަލީނާ އާއި ރާއްޖޭގެ އައިޝަތު ކަރީން ސައިޒާންގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ.