ENGLISH

02 ޖޫން 2025

Advertisement

މިލްވައުކީ އަތުން ކަވަލިއާސް އަށް މޮޅެއް

21 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ކަވަލިއާސްއާ މިލްވައުކީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އެންމެ ފަހުގެ އެންބީއޭ ކަޕްގެ ޗެމްޕިއަން، މިލްވައުކީ ބަކްސް އަތުން 124-101 އިން ކްލީވްލެންޑް ކަވަލިއާސް މޮޅުވެއްޖެއެވެ.

ކްލީވްލެންޑްގެ ރޮކެޓް މޯގޭޖް ފީލްޑްހައުސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފަހު ކުއާޓަރ ފިޔަވައި އެހެން ހުރިހާ ކުއާޓާއެއްގައި މިލްވައުކީގެ މައްޗަށް ކަވަލިއާސް އިން ވަނީ ކުރި ހޯދާފައެވެ.

ފުރަތަމަ ކުއާޓަރގައި 29-20 އިން ކަވަލިއާސް ކުރިހޯދިއިރު، ދެވަނަ ކުއާޓާގައި 40-31 އިން ލީޑުގައި އޮވެ ވަނީ ނިންމާލައިފައެވެ. 

ފުރަތަމަ ދެ ކުއާޓަރއެކޭ އެއްފަދައިން ތިންވަނަ ކުއާޓަރގައި ވެސް ނުވަ ޕޮއިންޓްގެ ލީޑަކާއެކު، ކަވަލިއާސް އިން ކުރިހޯދީ 34-25 އިންނެވެ.

އެކަމަކު، މެޗުގެ އެންމެ ފަހު ކުއާޓަރގައި މިލްވައުކީ އިން 25-21 އިން ކުރި ހޯދިއެވެ. ނަމަވެސް، އޭރު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރެވޭ ގޮތްނުވެ، ކަވަލިއާސް އިން މެޗު ކާމިޔާބުކުރީ ވެސް 23 ޕޮއިންޓްގެ ފަރަގަކާއެކު އެވެ.

މި މެޗުގައި ކަވަލިއާސް އިން އެންމެ މޮޅަށް ކުޅުނު ޑޮނަވަން މިޗޭލް ވަނީ 27 ޕޮއިންޓާއެކު ހަ އެސިސްޓް ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖަރެޓް އެލަން ވަނީ ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. އޭނާ ވަނީ 10 ޕޮއިންޓާއެކު 10 ރީބައުންޑް ނަގައިފައެވެ.

މިލްވައުކީ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޔާނިސް އެންޓެޓޮކޫންމްޕޯ އެވެ. އޭނާ ވަނީ 33 ޕޮއިންޓާއެކު 14 ރީބައުންޑް ނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު