ENGLISH

23 މޭ 2026

Advertisement

ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، ހައްލުކުރުމުގެ މަސައްކަތް ފަށައިފިން: ސްޓެލްކޯ

23 މޭ 2026

|

ޢަލީ ޝަހީމް

ހުޅުމާލޭގައި މިއަދު އަޕްގްރޭޑިންގެ މަސައްކަތް ކުރަނީ. ފޮޓޯ: ސްޓެލްކޯ

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި، މައްސަލަ ދެނެގަނެ، ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެެވެ. 

މީގެ އިރުކޮޅެއް ކުރިން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ އެކަމުގެ ތަފްސީލް 'އެކްސް' ގައި އާއްމުކޮށްފަ އެވެ. 

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން." ސްޓެލްކޯއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ. 

ސްޓެލްކޯއިން އަންނަނީ ކަރަންޓް އަޕްގްރޭޑްކުރުމަށް މިދުވަސްވަރު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ވަނީ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ފުރިހަމަކޮށް ނިންމާލީ ކަރަންޓު ކަނޑާނުލައެވެ. މަސައްކަތް ކޮށްފައިވަނީ ރޭ 3 އިން މިއަދު ހެނދުނު 8 އާ ހަމައަށެވެ. 

ހުޅުމާލޭގައި މަސައްކަތް ނިންމާލުމަށް ފަހު ސްޓެލްކޯއިން އާއްމުކުރި ޕޯސްޓުގައި ބުނީ، މިއަދު ނިމުނީ އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. ބާކީ ހުރި މަސައްކަތްތައް ކުރިއަށްގެންދާނެ ތާރީހު ވެސް ދުރާލާ އަންގާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު