ENGLISH

23 މޭ 2026

Advertisement

ވަޠަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ

23 މޭ 2026

|

އައިމިނަތު ޝަފާ

ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވި ޒުވާނުން، ފޮޓޯ: އެކްސް

ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ އެވެ. 

މި ތަމްރީނުތަކުގައި ބައިވެރިވީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ވަޠަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިން ނެވެ. މިފަހަރުގެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް ލެވެލް3 ގެ ސެޓްފިކެޓެއް ލިބިގެންދާނެ އެވެ.

ވަޠަނީ ހިދުމަތުގެ ޕްރޮގުރާމުގެ ދަށުން އިބްތިދާއީ ނުވަތަ އިނިޝިއަލް ތަމްރީނު ފުރިހަމަކުރި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް އެދި ކުރިމަތިލި ބައިވެރިން ތަމްރީނުތައް ފުރިހަމަކޮށްފައިވަނީ އެމްއެންޑީއެފްއިން ބ.ކިހާދޫގައި ގާއިމުކޮށްފައިވާ ގައުމީ ދިފާއީ ބާރުގެ ތަމްރީނު މަރުކަޒުގަ އެވެ. 

މި ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެފައި ވެއެވެ. މީގެ ތެރެއިން 63 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމާލާފަ އެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައި ވެއެވެ. އެއީ އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަންގެ ދާއިރާތަކެވެ. 

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.

ދިވެހި ވަޠަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު އެވެ. އަދި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ބައިވެރިން ދަސްވެނިވީ މިދިޔަ އާދިއްޔަ ދުވަހު އެވެ. ދެވަނަ ބުރުގެ 80 ބައިވެރިން ފަންނީ ތަމްރީނުތަކުގައި ބައިވެރިވާނެކަމަށް ދިފާއީ އަދި ވަޠަނީ ހިދުމަތާ ބެހޭ ވުޒާރާއިން ބުންޏެވެ.   

ކިޔުންތެރިންގެ ހިޔާލު