ENGLISH

23 މޭ 2026

Advertisement

ދެކުނު ކަނޑު ހޮހަޅަ: އާދައިގެ ޑައިވަރުންނަށް ނުރައްކަލެއް

23 މޭ 2026

|

އައިމިނަތު ޝަފާ

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން.

ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައަށް އަކީ އާދައިގެ ޑައިވަރުންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް،  އެކަށީގެންވާ ތަމުރީނާއި ހާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު އެތަނަށް ނުވަނުމަށް ރެސްކިއު ޓީމުން  އިލްތިމާސްކޮށްފި އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް ހޯދުމަށް ކުރިއަށްގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލުމަށް ފަހު، އެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ނެރުނު ބަޔާނުގައި ބުނީ ޑައިވަރުން ހޯދުމަށް އިންޓަނޭޝަނަލް ސާޗް އެންޑް ރިކަވަރީ މިޝަން ކުރިއަށް ގެންގޮސްފައިވަނީ މެއިމަހުގެ 18 އިން 21 އަށް ޖުމުލަ ހަތަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން.

އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ހޮހަޅައިގެ އެތެރެ ބަލައި، ގެއްލުނު ޑައިވަރުން ތިބި ތަން ދެނެގަތްކަމަށާއި ދެވަނަ ދުވަހާއި ތިންވަނަ ދުވަހު، ވަރަށް ނުރައްކާތެރި މާހައުލެއްގައި ކުރި މަސައްކަތުން މަރުވެފައިވާ ހަތަރު ޑައިވަރުންގެ ހަށިތައް ހޮހަޅައިގެ ތެރެއިން ނެރެފައިވާކަމަށް ބަޔާނުގައި ވެއެވެ. އޮޕަރޭޝަންގެ ފަހު ދުވަހު ހޮހަޅަ ތެރޭގައި ހުރި ހުރިހާ ސާމާނެއް ނެރެ، ތަހުގީގީ ބޭނުމަށް ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ.

މި ހޮހަޅައިގެ އެތެރޭގެ އޮނިގަނޑު އޮންނަނީ ވަރަށް އޮޅުންބޮޅުން ބޮޑު ގޮތަކަށްކަން ފާހަގަކޮށް ބަޔާނުގައިވަނީ  ހޮހަޅައަށް ވަންނަން އޮންނަ މައި ދޮރޯށިން ވަދެވެނީ ފުރަތަމަ ޗެމްބަރަށްކަން ފާހަގަކޮށްފަ އެވެ. އެ ތަނުން ފެށިގެން އެތެރެއަށް ދާން އޮންނަ ހަނި މަގަކުން ގޮސް ވަދެވެނީ ގުދުރަތީ އަލިކަމެއް ނުލިބޭ ދެވަނަޑު ޗެމްބަރަށެވެ. މި ދެވަނަ ޗެމްބަރުގެ ފުލުގައި އޮންނަނީ ހުސް ވެއްޔެވެ. މި ވެލިފުންޏަށް ކިތަންމެ ކުޑަ ގުޑުމެއް އެރިޔަސް ފެންގަނޑު ކިލަނބުވެ ދުރު ފެންނަ މިންވަރު ކުޑަވެގެންދެއެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން.

ރެސްކިއު ޓީމުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ދެވަނަ ޗެމްބަރުން ނުކުންނަން އޮންނަ މައި މަގުގެ އަރިމަތިން އިތުރު ހަނި މަގެއް ނުވަތަ ޓަނަލެއް ފެނިފައިވާކަމަށް ބަޔާނުގައި ވެއެވެ. ގެއްލުނު ހަތަރު ޑައިވަރުންވެސް ފެނިފައިވަނީ މި ޓަނަލްގެ ތެރެއިން ނެވެ. 

މި ހޯދުންތަކަށް ބިނާކޮށް، ރެސްކިއު ޓީމުން ލަފާކުރާ ގޮތުގައި ޑައިވަރުންނަށް ހޮހަޅައިގެ ތެރެއިން މަގު އޮޅުނީ އެވެ. 

ނަމަވެސް ހާދިސާގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދާނެކަމަށް ބަޔާނުގައި ވެއެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން.

ރެސްކިއު ޓީމުން ވަނީ ހާއްސަ ހުއްދައެއް ނެތި އަދި ކޭވް-ޑައިވިންގެ ފުރިހަމަ ތަމްރީނާއި ވަސީލަތްތައް ނެތި މި ހޮހަޅައަށް ނުވަނުމަށް އިލްތިމާސްކޮށްފަ އެެވެ. އަދި ހޮހަޅައިގެ މާހައުލަކީ އާދައިގެ ޑައިވަރުންނަށް އިންތިހާއަށް ނުރައްކާތެރި މާހައުލެއްކަމަށް ބަޔާނުގައި ބުންޏެވެ. 

މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް އަންނަނީ ހާދިސާގެ ތަހުގީގެއް ހިންގަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު