ENGLISH
23 މޭ 2026
އަންގާރައިން ފެށިގެން ވައި ގަދަވާނެތީ ސަމާލުވުމަށް އިލްތިމާާސްކޮށްފި
23 މޭ 2026
|
މިއަދު 5:00 ގެ ސެޓެލައިޓް ފޮޓޯ.
އެންމެ މަޤްބޫލު
އަންނަ އަންގާރަ ދުވަހުން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވާނެތީ އީދު ބަންދުގައި އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އަންނަ އަންގާރަދުވަހުން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިބާރުވާނެކަމަށް ލަފާކުރެވޭކަމަށާއި ވުމާއެކު އީދު ބަންދުތެރޭގައި މިކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާކަމަށެވެ.
ބަންގާޅު ކަނޑާއި ޢަރަބި ކަނޑުގައި ޖުމުލަ ތިން ކޮޅިގަނޑު އުފެދިފައިވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މޫސުމާ ބެހޭ އިދާރާއިން ބުނީ އެ ކޮޅިގަނޑުތަކުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.