ENGLISH

02 ޖޫން 2025

Advertisement

ވެރޯނާ އަތުން މިލާނަށް ހަނި މޮޅެއް

21 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށް ފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ހެލާސް ވެރޯނާ އަތުން 1-0 އިން އޭސީ މިލާން މޮޅުވެއްޖެއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މިލާން މޮޅުވި ދެވަނަ ފަހަރެވެ. ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ވެރޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މިލާނަށް ކާމިޔާބުކޮށްދިނީ ޓިޖާނީ ރެއިންޑާސް އެވެ.

މި ނަތީޖާއާ އެކު މިލާން އޮތީ ތާވަލްގެ ހަތް ވަނައިގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ އެޓަލާންޓާއާ އެ ޓީމާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މި މެޗުން ބަލިވި ވެރޯނާ އޮތީ 17 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު